ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަކީ ގެވެށި އަނިޔާގެ އަމަލު ހުއްޓުވުމަށް 23 އޭޕްރިލް 2012 ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހަންމަދު ވަހީދު ހަސަން މަނިކު ތަޞްދީޤު ކުރެއްވި ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލުގެ ދަށުން އުފެދިފައިވާ ތަނެކެވެ. ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވުނީ 9 އޭޕްރިލް 2012 ގައެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑު މެމްބަރުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހަންމަދު ވަހީދު ހަސަން މަނިކު ޢައްޔަން ކުރެއްވީ 15 ސެޕްޓެމްބަރ 2012 ގައެވެ. އަދި ބޯޑުގެ ފުރަތަމަ ބައްދަލުވުން ބޭއްވުނު ފުރަތަމަ ދުވަސް ކަމުގައިވާ 20 ސެޕްޓެމްބަރ 2012 ގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޢައްޔަން ކުރެވުނެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 3/2012) ގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މަސްއޫލިއްޔަތުތަކަކީ ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމާއި، އެކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމާއި، ގެވެށި އަނިޔާގެ ޢަމަލުތަކުގެ ޝިކާރައަކަށްވާ މީހުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމާއި، ފުލުހުންނާއި ޞިއްޙީ ޚިދުމަތްދޭ ފަރާތްތައްފަދަ ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތައް ހަމަޖެއްސުމާއި، ގެވެށި އަނިޔާގެ ޢަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި ރާއްޖޭގައި އެކި ފަރާތްތަކުން ކުރާ މަސައްކަތްތައް ވިލަރެސްކޮށް ޤައުމީ ސިޔާސަތެއްގެ ދަށަށް އެ މަސައްކަތްތައް ގެނެސް ހިންގައިދިނުމާއި، އެންމެ ކުރީ ސަފުގައި، ޤައުމީ ފެންވަރުގައި މަސައްކަތްކުރުމެވެ.

މި އޮތޯރިޓީ ހިންގާނީ، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއްގެ ބެލުމުގެ ދަށުންނެވެ. އެ ބޯޑުގެ ލަފާގެމަތިން، އެ އޮތޯރިޓީގެ ކަންކަން ހިންގައި ބަލަހައްޓާނީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

މި ޤާނޫނުގެ ދަށުން އޮތޯރިޓީން ކުރަންޖެހޭކަމެއް، އެ އޮތޯރިޓީން ނުވަތަ އޮތޯރިޓީގެ ބެލެހެއްޓުމުގެ ދަށުން ޞިއްޙީ މަރުކަޒުތައް ނުވަތަ އިޖްތިމާޢީ މަރުކަޒުތައް ނުވަތަ މަދަނީ ޖަމްޢިއްޔާތައް މެދުވެރިކޮށް ކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އެހެންނަމަވެސް، އެފަދަ ޙާލަތެއްގައި ޢަމަލުކުރާނެގޮތުގެ ތަފްޞީލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

މި ޤާނޫނުގެ ދަށުން އޮތޯރިޓީއާ ޙަވާލުވެގެންވާ މަސްޢޫލިއްޔަތުތައް އަދާކޮށް ތަންފީޛުކުރުމުގައި ވަކިވަކި ޚިދުމަތްތައް ޤާއިމުކުރުމުގެ ބާރު ލިބިގެންވެއެވެ.



ތަސައްވަރު

ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަކީ، އެއްވެސް ތަފާތުކުރުމެއްނެތި، ގެވެށި އަނިޔާގެ އަމަލުން ރައްކާތެރިވެފައިވާ، ދުޅަހެޔޮ ދިރިއުޅުމެއް އުޅޭ ބަޔަކަށްވުން.

އަމާޒު

ދިވެހިރާއްޖޭގައި ގެވެށި އަނިޔާގެ އަމަލު ހުއްޓުވުމަށް ކަނޑައަޅަންޖެހޭ ސިޔާސަތުތަކާއި ޕްރޮގްރާމްތައް ކަނޑައެޅުމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ލިބިދޭންޖެހޭ ޚިދުމަތްތައް ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ދެމުންގެންދާތޯ ކަށަވަރުކުރުމާއި، ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުން އިޞްލާޙުވުމަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން. މީގެ އިތުރުން، ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށް އާންމުން ހޭލުންތެރިކުރުމާއި، ގެވެށި އަނިޔާގެ އަމަލެއް ހިނގާ ހިނދު އެކަމަށް އިޖާބަދޭންޖެހޭ ދާއިރާތަކުގެ ޤާބިލުކަން އިތުރުކުރުމަށް ތަމްރީނުތައް ހިންގުމާއި، ގެވެށި އަނިޔާއާ ގުޅުންހުރި ތަފާސްހިސާބު އެއްކޮށް ދިރާސާތައް ކުރުން. އަދި، ގެވެށި އަނިޔާގެ އަމަލު ހުއްޓުވުމަށް ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ކަމާގުޅޭ އެންމެހައި ދާއިރާތަކާ ގުޅިގެން މަސައްކަތްކުރުމާއި، އެ ދާއިރާތަކުގެ މަސައްކަތްތައް ވިލަރެސްކުރުން.



ޤާނޫނު ނަންބަރު 3/2012 "ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގައިވާ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މަސްއޫލިއްޔަތު ތިރީގައި އެވަނީއެވެ.

  • (ހ) ގެވެށި އަނިޔާ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކަނޑައަޅަންޖެހޭ ޤައުމީ ސިޔާސަތުތައް ކަނޑައަޅައި، ތަންފީޛުކުރުން.
  • (ށ) ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެ ޕްރޮގްރާމްތަކުން ހާސިލްކުރަންޖެހޭ އަމާޒުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގާނެ ގޮތުގެ ހަމަތައް ކަނޑައެޅުން.
  • (ނ) ކަމާގުޅުންހުރި އެންމެހާ މުއްސަސާތައް ބައިވެރިކޮށްގެން ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމުގެ ސިޔާސަތާއި ޕްރޮގްރާމްތައް ހިންގާނެ ގޮތް ކަނޑައެޅުން.
  • (ރ) ކައުންސިލްތަކުގެ އިޚްތިޞާޞްގެ ދާއިރާގެ ތެރޭގައި ހިމެނޭ ސަރަޙައްދުތަކުގައި ހުރި، އޮތޯރިޓީގެ މަރުކަޒުތަކުން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަމާޒުތަކަށާއި އުސޫލުތަކަށް ތަބާވުން ލާޒިމްކުރުން.
  • (ބ) މި ޤާނޫނު ހިންގުމަށާއި ގެވެށި އަނިޔާގެ ޢަމަލު ހުއްޓުވުމަށްޓަކައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްކަކާއެކު އެއްބަސްވުންތައް އެއްބަސްވުމާއި، އެފަދަ ފަރާތްތަކާއި ގުޅިގެން ޕްރޮގްރާމްތައް ރާވާ ހިންގުން.
  • (ޅ) އެކަށީގެންވާ މުވައްޒަފުންނާއި އެކަށީގެންވާ ވަސީލަތްތައް ހުރެގެން، ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށާއި ގެވެށި އަނިޔާ ލިބުނު ފަރާތަށް ވަގުތީ ރައްކާތެރިކަން ދިނުމަށް މަސައްކަތްކުރާނެ މަރުކަޒުތައް އުފައްދައި، އެ ތަންތަނުން ދޭނެ ޚިދުމަތްތައް ކަނޑައަޅައި، އެ ޚިދުމަތްތައް، އެ ތަންތަނުން ދެމެހެއްޓެނިވި ގޮތެއްގައި ދެމުން ގެންދިއުން.
  • (ކ) ގެވެށި އަނިޔާގެ ޢަމަލެއް ހިނގާހިނދު، އެކަމަށް އިޖާބަދޭންޖެހޭ ހުރިހާ ރޮނގަކުން އިޖާބަދިނުމުގެ ޤާބިލްކަން އިތުރުކުރުމަށްޓަކައި ތަޢާރުފުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، އެކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • (އ) ގެވެށި އަނިޔާގެ ޢަމަލު ރާއްޖޭގައި ފެތުރިފައިވާ ނިސްބަތާއި އެފަދަ ޢަމަލުތައް ހިނގަމުންދާ ނިސްބަތާއި ސަބަބާއި ޒާތާއި ވަށްޓަފާޅިއާ ގުޅޭގޮތުންނާއި، އެފަދަ ޢަމަލުތައް ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅިގެން ކުރަންޖެހޭ ދިރާސާތައް ކުރުމާއި، ހޯދަންޖެހޭ ތަފާސްހިސާބުތައް ހޯދުމާއި، އޭގެތެރެއިން ޝާއިޢު ކުރަންޖެހޭ ކަންތައްތައް ޝާއިޢުކުރުން.
  • (ވ) ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނާމެދު ޢަމަލުތައް ބަހައްޓަންޖެހޭ މިންގަނޑުތަކާއި، އެމީހުންނަށް ދޭންޖެހޭ އިޖްރިމާޢީ ޚިދުމަތްތަކުގެ ވައްތަރާއި ބާވަތާއި ނިސްބަތާއި މިންގަނޑުތައް ކަނޑައަޅައި ތަންފީޛުކުރުން.
  • (މ) ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ދުޅަހެޔޮ ދިރިއުޅުމަކަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަންޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ބިނާކުރުމާއި، އެފެދަ މަރުކަޒުތައް ހިންގާ އެހެން ފަރާތްތަކަށް އެހީތެރިވުމާއި، އެފަދަ މަރުކަޒުތަކުގެ މިންގަނޑުތަކާއި ހަމަތަކާއި އުސޫލުތަކާއި އަމާޒުތައް ކަނޑައަޅާއި މޮނިޓަރ ކުރުން.
  • (ފ) ގެވެށި އަނިޔާގެ ޢަމަލު ހިންގާމީހުން އިޞްލާޙްވުމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫޢަވުމަށް އެހީތެރިވުމުގެ ގޮތުން އެންގަރ މެނޭޖްމަންޓް ތެރަޕީއާއި ކައުންސިލިންގެ ޚިދުމަތްދިނުން.
  • (ދ) ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މުއައްސަސާތަކާއި، އެފަދަ ޚިދުމަތްދޭ ހުރިހާ މުއައްސަސާތަކުގެ ޢަމަލުތައް ބަހައްޓަންޖެހޭ މިންގަނޑުތަކާއި، އެމީހުންނަށް ދޭންޖެހޭ އިޖްތިމާޢީ ޙިދުމަތްތަކުގެ ވައްތަރާއި ބާވަތާއި ނިސްބަތާއި މިންގަނޑުތައް ކަނޑައެޅުން.
  • (ތ) އޮތޯރިޓީގެ މުވައްޒަފުން ތަބާވާންޖެހޭ މިންގަނޑުތަކާއި އުޞޫލުތަކާއި ކޯޑްއޮފް ކޮންޑަކްޓް ކަނޑައެޅުމާއި، އެ ކޯޑާއި ޚިލާފުވާ މީހުންގެ މައްސަލަ ބެލުމާއި، އެ މީހުންނާމެދު އަޅާނެ ފިޔަވަޅުތަކާމެދު މިނިސްޓަރަށް ލަފާދިނުން.
  • (ލ) ޤާނޫނާއި ގަވާއިދު ހަދާ ފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ގެވެށި އަނިޔާގެ ކަންކަމުގައި ލަފާއާއި މަޢުލޫމާތު ދިނުން.
  • (ގ) ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށްވާ މީހުންނަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތައް ހިންގުމަށް މިންގަނޑުތަކާއި ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި އަދި އެފަދަ މަރުކަޒުތަކުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު ބެލުން.


މަޤްޞަދު

ކަމާގުޅުންހުރި އެންމެހާ މުއައްސަސާތައް ބައިވެރިކޮށްގެން ގެވެށި އަނިޔާ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކަނޑައަޅަންޖެހޭ ޤައުމީ ސިޔާސަތުތައް އެކުލަވާލައި، އޮތޯރިޓީން ތައްޔާރުކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކުގެ މަސައްކަތްކުރުން. ބޯޑުގެ އެންމެހާ ކަންތައްތައް ބެލެހެއްޓުމާއެކު، ހަޔަރ-ލެވްލް އެޑްވޮކަސީގެ މަސައްކަތްތައް އަދި އިންޓަރނޭޝަނަލް ރިލޭޝަންއާ ގުޅުންހުރި މަސައްކަތްތައް ކުރުން.

  1. ކަމާގުޅުންހުރި އެންމެހާ މުއައްސަސާތައް ބައިވެރިކޮށްގެން ގެވެށި އަނިޔާ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކަނޑައަޅަންޖެހޭ ޤައުމީ ސިޔާސަތުތައް ކަނޑައަޅުން.
  2. ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމާ ގުޅޭގޮތުން އެކުލަވާލެވިފައިވާ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ރާއްޖެ ހިޖުރަކޮށް، އެ މިންގަނޑުތަކާ އެއްހަމައެއްގައި، ކަމާގުޅޭ ޢަދުލުގެ އުސޫލުތައް ބައްޓަންކޮށް، ތަންފީޛުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. ގެވެށި އަނިޔާއާ ގުޅުންހުރި އަދި އޮތޯރިޓީގެ މަސައްކަތްތަކާ ގުޅުންހުރި ޤާނޫނުތައް ބަލައި، ގެންނަންޖެހޭ އިޞްލާހުތައް ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  4. ހަޔަރ-ލެވްލް އެޑްވޮކަސީގެ މަސައްކަތްތައް ކުރުން.
  5. ބޯޑު ބައްދަލުވުންތަކުގެ އަދި ބޯޑު މެމްބަރުން ބައިވެރިވެވަޑައިގަންނަވާ އެންމެހާ ބައްދަލުވުންތަކުގެ އެޖެންޑާ، ޔައުމިއްޔާ އަދި އެހެނިހެން ލިޔެކިޔުންތައް ބެލެހެއްޓުން.
  6. މިނިސްޓަރާއި ބޯޑުގެ ލަފާގެ މަތިން އޮތޯރިޓީގެ މަސައްކަތްތަކުގެ މިސްރާބު ކަނޑައެޅުން.

މުވައްޒަފުން

  1. ސީ.އީ.އޯ / އިބްރާހިމް ތައްޔިބު
  2. ލީގަލް އޮފިސަރ / ޙަދީޖާ އަރީޝާ
  3. ސްޓޭކްހޯލްޑަރ ރިލޭޝަންސް އޮފިސަރ / ނަދުވާ ނަޢީމް

މަޤްޞަދު

އޮތޯރިޓީގެ އިދާރީ އެންމެހާ ކަންކަމާއި، މުވައްޒަފުންނާ ބެހޭ އެންމެހާ ކަންކަމާއި، ފައިސާއާ ބެހޭ އެންމެހާ ކަންކަން އަދި އައި.ޓީއާ ގުޅުންހުރި އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުން.

އެޑްމިން އެންޑް އެޗް.އާރު ސެކްޝަން

  1. އޮފީސް ހުޅުވާ ލެއްޕުމުގެ އިންތިޒާމް ހަމަޖެއްސުން.
  2. އޮފީހަށް އަންނަ ސިޓީއާއި އެހެނިހެން ތަކެތި ބަލައިގަނެ އެންޓްރީކުރުމާއި ރޫޓްކުރުން.
  3. އޮފީހުގެ ލިޔެކިއުންތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.
  4. އޮފީހަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ހޯދާ ބެލެހެއްޓުން.
  5. ސްޓޮކް ބެލެހެއްޓުން.
  6. އޮތޯރިޓީގެ މުވައްޒަފުން ތަބާވާންޖެހޭ މިންގަނޑުތަކާއި އުޞޫލުތަކާއި ކޯޑްއޮފް ކޮންޑަކްޓް ކަނޑައެޅުން.
  7. މުވައްޒަފުންނާ ބެހޭ އެންމެހޭ ކަންތައްތައް ހިންގާ ބެލެހެއްޓުމާއި، އޮތޯރިޓީގެ މުވައްޒަފުން ތަބާވާންޖެހޭ މިންގަނޑުތަކާއި އުޞޫލުތަކާއި ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވާ މީހުންގެ މައްސަލަ ބެލުމާއި، އެ މީހުންނާމެދު އަޅާނެ ފިޔަވަޅުތަކާމެދު ލަފާދިނުން.
  8. އޮފީސް ހިންގާނެ އިމާރާތް ހޯދުމާއި، އިމާރާތް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  9. އޮތޯރިޓީގެ މެޝިނަރީސް، ފަރުނީޗަރ، ހިފާގެންގުޅޭ ތަކެތި މަރާމާތު ކުރުމާއި ނައްތާލަން ބޭނުންވާ ތަކެތި ނައްތާލުމުގެ އެންމެހާ އިންތިޒާމުތައް ހިންގާ ބެލެހެއްޓުން.
  10. ގެވެށި އަނިޔާގެ ޢަމަލު ހުއްޓުވުމަށްޓަކައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްކަކާއެކު އެއްބަސްވުންތައްވުމަށްޓަކައި ކުރަންޖޭހޭ މަސައްކަތްތައް ކުރުން.
  11. އޮފީހުން ހިންގާ އެކިއެކި ޚަރަކާތްތަކުގެ އަދި މުވައްޒަފުން ކުރާ ދަތުރުތަކުގެ ލޮޖިސްޓިކްސްއާ ގުޅުންހުރި އިންތިޒާމްތައް ހަމަޖެއްސުން.

ފައިނޭންސް އެންޑް ޕްރޮކިއުމަންޓް ސެކްޝަން

  1. ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުން.
  2. މާލިއްޔަތު ގާނޫނުގައިވާ ގޮތާއެއްގޮތަށް އޮތޯރިޓީގެ ބަޖެޓާއި ފައިސާއާ ގުޅޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.

އިންފޮމޭޝަން ޓެކްނޮލޮޖީ ސެކްޝަން

  1. އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.

މުވައްޒަފުން

  1. ޑިރެކްޓަރ – އަޙްމަދު މުޞްއިދު
  2. އެޑްމިން އޮފިސަރ - އާއިޝަތު ޝަހްޒާ
  3. އެޗް.އާރު އޮފިސަރ - ނަހުލާ އިސްހާޤު
  4. އޮފީސް އެސިސްޓެންޓް - މުޙައްމަދު ޖަޒްލާން
  5. ފައިނޭންސް އޮފިސަރ – ފާތިމަތު ސަނާ އަހްމަދު
  6. އައި.ޓީ އޮފިސަރ – އަޙްމަދު ރިވާޖް

މަޤްޞަދު

ކަމާގުޅުންހުރި އެންމެހާ މުއައްސަސާތައް ބައިވެރިކޮށްގެން ގެވެށި އަނިޔާ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކަނޑައަޅަންޖެހޭ ޕްރޮގްރާމްތައް ކަނޑައަޅައި ތަންފީޒުކޮށް، ތައްޔާރުކުރަންޖެހޭ ދިރާސާތާކޮށް، ތަމްރީނު އަދި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާއްވައި ހިންގުން.

ޕްރޮގްރާމްސް އެންޑް ރިސާރޗް ސެކްޝަން

  1. ގެވެށި އަނިޔާ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކަނޑައަޅަންޖެހޭ ޤައުމީ ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު މޮނިޓަރކުރުން.
  2. ކަމާގުޅުންހުރި އެންމެހާ މުއައްސަސާތައް ބައިވެރިކޮށްގެން ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެ ޕްރޮގްރާމްތަކުން ހާސިލްކުރަންޖެހޭ އަމާޒުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގާނެ ގޮތުގެ ހަމަތައް ކަނޑައަޅައި، މި ޕްރޮގްރާމްތައް ތަންފީޒުވޭތޯ މޮނިޓަރކުރުން.
  3. ގެވެށި އަނިޔާގެ ޢަމަލު ރާއްޖޭގައި ފެތުރިފައިވާ ނިސްބަތާއި އެފަދަ ޢަމަލުތައް ހިނގަމުންދާ ނިސްބަތާއި ސަބަބާއި ޒާތާއި ވަށްޓަފާޅިއާ ގުޅޭގޮތުންނާއި، އެފަދަ ޢަމަލުތައް ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅިގެން ކުރަންޖެހޭ ދިރާސާތައް ކުރުމާއި، ހޯދަންޖެހޭ ތަފާސްހިސާބުތައް ހޯދުމާއި، އޭގެތެރެއިން ޝާއިޢު ކުރަންޖެހޭ ކަންތައްތައް ޝާއިޢުކުރުން.
  4. ގެވެށި އަނިޔާގެ ޢަމަލު ހުއްޓުވުމަށްޓަކައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއި ގުޅިގެން ޕްރޮގްރާމްތައް ރާވާ ހިންގުން.

ޓްރެއިނިންގ އެންޑް އެޑްވޮކަސީ ސެކްޝަން

  1. ގެވެށި އަނިޔާގެ ޢަމަލެއް ހިނގާހިނދު، އެކަމަށް އިޖާބަދޭންޖެހޭ ހުރިހާ ރޮނގަކުން އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ތަމްރީނު ޕްރޮގްރާމްތައް ރާއްވައި ހިންގުން.
  2. ގެވެށި އަނިޔާގެ ޢަމަލުތަކާއި ގުޅޭ ޚާއްޞަ ސިފަތަކާއި ކަންކަމަށް، ދައުލަތުގެ ކަމާބެހޭ ފަރާތްތައް އަހުލުވެރިކުރުވައި، އެފަދަ ފަރާތްތަކުގެ ކަމާގުޅޭ ޤާބިލުކަން އިތުރުކޮށްދިނުން.
  3. ގެވެށި އަނިޔާ ހުއްޓުވުމަށް ކަމާގުޅޭ މުއައްސަސާތަކާއި މުޅި މުޖުތަމައު ހޭލުންތެރިކުރުމާގުޅޭ ތަފާތު ޕްރޮގްރާމްތައް ރާއްވައި ހިންގުން.
  4. ހިންގާ އެކިއެކި ތާމްރީނު ޕްރޮގްރާމްތައް އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކުން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުވާ މިންވަރު މޮނިޓަރކުރުން.
  5. އޮތޯރިޓީގެ ފަރާތުން ކުރަންޖެހޭ ހަޔަރ-ލެވެލް އެޑްވޮކަސީގެ މަސައްކަތްތަކާގުޅޭގޮތުން ބިއުރޯއަށް ލަފާދިނުން.

މުވައްޒަފުން

  1. ޑިރެކްޓަރ – ނަޝްޢާ ޢާދިލް
  2. އެޑްވޮކަސީ އޮފިސަރ - މަރްޔަމް ޝިބާ
  3. ރިސަރޗް އެންޑް މޮނިޓަރިންގ އޮފިސަރ – ސަނާ ފާރޫޤް
  4. ރިސަރޗް އެންޑް މޮނިޓަރިންގ އޮފިސަރ – އާމިނަތު ޝަޒްރާ
  5. ފާޠިމަތު ރާއިޢާ ޢަބްދުލްޢަޒީޒު – ޓްރެއިންގް އޮފިސަރ

މަޤްޞަދު

ގެވެށި އަނިޔާގެ މައްސަލަތަކުގައި އަދި ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން އޮތޯރިޓީން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން، އަދި ގެވެށި އަނިޔާގެ މައްސަލަތަކުގައި އިޖާބަދޭން ޖެހޭ ދާއިރާތަކުގެ އަދި ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭން މަރުކަޒުތަކުން ދޭ ޚިދުމަތުގެ ފެންވަރު މޮނިޓަރކޮށް، ތަޢާރަފުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ހަދައި، ތަންފީޒުކުރުން. ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުން އިޞްލާޙުވުމަށާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫޢަވުމަށް އެހީތެރިވެދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

ރިފަރަލް އެންޑް ރިޕޯޓިންގ ސެކްޝަން

  1. އޮތޯރިޓީއަށް ސީދާ ހުށަހެޅޭ ގެވެށި އަނިޔާގެ މައްސަލަތައް ބަލައިގަތުމާއި، އެ މައްސަލަތައް ގުޅުންހުރި މުއައްސަސާތަކަށް ރިފަރކުރުން.
  2. މުއައްސަސާތަކަށް ހުށަހެޅޭ ގެވެށި އަނިޔާގެ މައްސަލަތައް އޮތޯރިޓީއަށް ރިޕޯޓުކުރުމުން، މައްސަލަތަކުގެ މަޢުލޫމާތު އެންޓަރކޮށް، ޑޭޓާ ބެލެހެއްޓުން.
  3. އޮތޯރިޓީއަށް ހުށަހެޅޭ ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން ހައި-ޕްރައޯރިޓީ މައްސަލަތައް ހަމަޖެހިފައިވާ އުސޫލުން މޮނިޓަރކުރުން.
  4. ޖިންސީ ކުށުގެ ޤާނޫނުން ޝިކާރައަކަށްވާ މީހުންނަށް ނަފްސާނީ އެހީ ދިނުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
  5. ޖީންސީ ކުށް ކުރާ މީހުންގެ ދަފްތަރަށް ބޭނުންވާ މައުލޫމާތު އެއްކޮށް ބެލެހެޓުން.
  6. ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުން އިޞްލާޙުވުމަށާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫޢަވުމަށް އެހީތެރިވެދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  7. ގެވެށި އަނިޔާގެ މައްސަލަތަކުގެ މުއައްސަސާތައް މެދުގައި އޮންނަ ރިޕަރަލް އެންޑް ރިޕޯޓިންގ ނިޒާމް ހަރުދަނާކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުން.

މޮނިޓަރިންގ ސެކްޝަން

  1. ގެވެށި އަނިޔާގެ މައްސަލަތަކުގައި އިޖާބަދޭންޖެހޭ ދާއިރާތަކުން ދޭ ޚިދުމަތުގެ ފެންވަރު މޮނިޓަރކުރުން.
  2. ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށްވާ މީހުންނަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތައް ހިންގުމަށް މިންގަނޑުތަކާއި ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި އަދި އެފަދަ މަރުކަޒުތަކުގެ ދެވޭ ޚިދުމަތުގެ ފެންވަރުބެލުން.
  3. ގެވެށި އަނިޔާގެ ޢަމަލެއް ހިނގާހިނދު، އެކަމަށް އިޖާބަދޭންޖެހޭ ހުރިހާ ރޮގަކުން އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ތަޢާރަފުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް، އަދި ތަމްރީނުތައް ކަނޑައަޅައި، ހިންގުން.

މުވައްޒަފުން

  1. ޑިރެކްޓަރ – އައިޝަތު އިބާހަތު
  2. ސީނިއަރ ސޯޝަލް ސަރވިސް އޮފިސަރ – އާއިޝާ އިބްރާހީމް
  3. މޮނިޓަރިންގ އޮފިސަރ – އައިޝަތު ލަހުފާ
  4. ނިޝާޔާ އަޙްމަދު - ސޯޝަލް ސާރވިސް އޮފިސަރ
  5. ޢާއިޝަތު ޒީން ނައީމް - ޑޭޓާ މެނޭޖްމެންޓް އޮފިސަރ


Card image cap
އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ދީދީ

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް

Card image cap
އަލްފާޟިލާ ޝިދާތާ ޝަރީފް

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް

17 ނޮވެމްބަރ 2018- 05 ފެބްރުއަރީ 2019

Card image cap
އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ

22 ޖޫން 2016 – 17 ނޮވެމްބަރު 2018

Card image cap
އަލްއުސްތާޛު މުޙައްމަދު އަނިލް

އެޓަރނީ ޖެނެރަލް، މިނިސްޓަރ އޮފް ލޯ އެންޑް ޖެންޑަރ

1 ޖުލައި 2014 – 22 ޖޫން 2016

Card image cap
ޑޮކްޓަރ މަރިޔަމް ޝަކީލާ

މިނިސްޓަރ އޮފް ހެލްތް އެންޑް ޖެންޑަރ

21 ނޮވެމްބަރ 2013 – 01 ޖުލައި 2014

Card image cap
ޑޮކްޓަރ އާމާލް ޢަލީ

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް

09 ޖުލައި 2013 – 17 ނޮވެމްބަރ 2013

Card image cap
އަލްއުސްތާޛާ އައިޝަތު އާޒިމާ ޝަކޫރު

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް

10 އޭޕްރިލް 2013 – 01 ޖުލައި 2013

Card image cap
އަލްއުސްތާޛާ އައިޝަތު ދިޔާނާ ސަޢީދު

މިނސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް

07 މެއި 2012 – 19 ނޮވެމްބަރ 2012



Card image cap
އަލްފާޟިލް އަޙްމަދު އަންވަރު

ބޯޑުގެ ރައީސް

Card image cap
އަލްފާޟިލާ ޝުހުދާ ރިޟްވާން

ބޯޑުގެ ނައިބް ރައީސް

Card image cap
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލްފާޟިލް މުޙައްމަދު ބަޝީރު

ބޯޑު މެންބަރ

Card image cap
ޑޮކްޓަރ ޝަނޫހާ މަންޞޫރު

ބޯޑު މެންބަރ

Card image cap
އާމިނަތު ޝިރާނީ ނަޢީމް

ބޯޑު މެންބަރ

Card image cap
އަލްފާޟިލާ ޢާއިޝަތު ރަޝީދު

ބޯޑު މެންބަރ

19 އޮގަސްޓް 2019- 10 ޖޫން 2021

Card image cap
އަލްފާޟިލް މުޙައްމަދު ޝިހާބު

ބޯޑު މެންބަރ

1 ސެޕްޓެމްބަރ 2020 – 12 އޮކްޓޯބަރ 2021

Card image cap
އަލްއުސްތާޛާ މަރްޔަމް ޠާއިފާ

ބޯޑު މެންބަރ

19 އޮގަސްޓް 2019 – 25 ނޮވެމްބަރ 2020

Card image cap
އަލްއުސްތާޛު ޙުސައިން ޝަމީމު

ބޯޑުގެ ރައީސް

19 އޮގަސްޓް 2019- 30 ނޮވެމްބަރ 2019

Card image cap
އަލްފާޟިލާ ސިޔާނަތު ހާޝިމް

ބޯޑުގެ ރައީސް

6 ފެބްރުއަރީ 2019 – 19 އޮގަސްޓް 2019

ބޯޑުގެ ނާއިބުރައީސް

28 މާރިޗު 2018- 5 ފެބްރުއަރީ 2019

ބޯޑު މެންބަރ

19 ޑިސެމްބަރ 2013- 27 މާރިޗު 2018

Card image cap
ޑޮކްޓަރ މުޙައްމަދު އަސީލް ޖަލީލް

ބޯޑު މެންބަރ

15 ސެޕްޓެމްބަރ 2012- 19 އޮގަސްޓް 2019

Card image cap
އަލްއުސްތާޛު އަޙްމަދު މުއިއްޒު

ބޯޑު މެންބަރ

19 ޑިސެމްބަރ 2013- 19 އޮގަސްޓް 2019

Card image cap
ޑޮކްޓަރ މަރްޔަމް ޖަބީން

ބޯޑު މެންބަރ

13 ޖޫން 2018- 19 އޮގަސްޓް 2019

Card image cap
އަލްފާޟިލާ ފާތިމަތު އައްޒަ

ބޯޑު މެންބަރ

13 ޖޫން 2018- 19 އޮގަސްޓް 2019

Card image cap
އަލްފާޟިލް ޙުސައިން ޝިހާބް

ބޯޑުގެ ރައީސް

28 މާރިޗު 2018- 10 ޖަނަވަރީ 2019

ބޯޑު މެންބަރު

15 ސެޕްޓެމްބަރ 2012 – 27 މާރޗް 2018

Card image cap
އަލްފާޟިލާ އަނީސާ އަޙްމަދު

ބޯޑުގެ ރައީސް

15 ސެޕްޓެމްބަރ 2012- 06 ފެބްރުއަރީ 2018

Card image cap
އަލްފާޟިލާ ޒުލްފާ އިބްރާހީމް

ބޯޑުގެ ނައިބް ރައީސް

29 ޖަނަވަރީ 2014- 26 މާރިޗު 2018

ބޯޑު މެންބަރު

15 ސެޕްޓެމްބަރ 2012 – 28 ޖަނަވަރީ 2014

Card image cap
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް ޙަސަން ހަބީބު

ބޯޑު މެންބަރު

15 ސެޕްޓެމްބަރ 2012- 03 ފެބްރުއަރީ 2016

Card image cap
ޑޮކްޓަރ ޢާއިޝަތު ޝިހާމް

ބޯޑުގެ ނައިބް ރައީސް

15 ސެޕްޓެމްބަރ 2012- 19 ޑިސެމްބަރ 2013

Card image cap
އަލްއުސްތާޛު މުޙައްމަދު އަނިލް

ބޯޑު މެންބަރު

15 ސެޕްޓެމްބަރ 2012- 19 ޑިސެމްބަރ 2013



  1. އިބްރާހިމް ތައްޔިބު (ޗީފް އެގްޒެކެޓިވް އޮފިސަރ)
  2. އަހުމަދު މުޞްޢިދު (ޑިރެކްޓަރ، ކޯޕަރެޓް އެފެއާރސް)
  3. ނަޝްޢާ ޢާދިލް ( ޑިރެކްޓަރ، ޕްރޮގްރާމްސް، ރިސާރޗް އެންޑް އެޑްވޮކަސީ)


  1. އަލްފާޟިލް އަޙްމަދު އަންވަރު / ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑުގެ ރައީސް
  2. ޑރ. ޝަނޫހާ މަންޞޫރު / ފެމީލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑުގެ މެންބަރު
  3. އަލްފާޟިލް ޢަބްދުލް މަންނާން ޔޫސުފު / ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް، މޯލްޑިވްސް ޕޮލިސް ސަރވިސް
  4. އަލްއުސްތާޛް މަޙްމޫދު ސަލީމް / ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް
  5. އަލްފާޟިލާ އާމިނަތު ޝިރާނީ ނަޢީމް / ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
  6. އަލްފާޟިލާ ސައިނާ އަލީ / ޕަބްލިކް ހެލްތް ޕްރޮގްރާމް މެނޭޖަރ، މިނިސްޓްރީ އޮފް ހެލްތް
  7. އަލްފާޟިލް ޙުސައިން ވަޙީދު / ޑިރެކްޓަރ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ
  8. އަލްފާޟިލާ ރާޝިދާ ޔޫސުފް / ކޯ-ފައުންޑަރ، ހޯޕް ފޮރ ވިމެން
  9. އަލްފާޟިލާ އިޔާޝާ ލީނާ / ސީނިއަރ ކައުންސެލަރ، ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން
  1. ސީ.އީ.އޯ / އިބްރާހިމް ތައްޔިބު
  2. އަޙްމަދު މުޞްޢިދު/ ޑިރެކްޓަރ، ކޯޕަރޭޓް އެފެއާޒް
  1. ޢާއިޝާ އިބްރާހީމް / ސީނިއަރ ސޯޝަލް ސަރވިސް އޮފިސަރ
  2. ޚަދީޖާ ޢަރީޝާ / ލީގަލް އޮފިސަރ
  3. ޢާއިޝަތު ލަހުފާ / ޓްރެއިނިންގ އޮފިސަރ
  4. މަރްޔަމް ޝިބާ / އެޑްވޮކަސީ އޮފިސަރ
  1. އަޙްމަދު މުޞްޢިދު/ ޑިރެކްޓަރ، ކޯޕަރޭޓް އެފެއާޒް
  2. ނަޝްޢާ ޢާދިލް/ ޑިރެކްޓަރ، ޕްރޮގްރާމްސް، ރިސަރޗް އެންޑް އެޑްވޮކަސީ
  1. އަޙްމަދު މުޞްޢިދު/ ޑިރެކްޓަރ، ކޯޕަރޭޓް އެފެއާޒް
  2. ޢާއިޝާ އިބްރާހީމް / ސީނިއަރ ސޯޝަލް ސާރވިސް އޮފިސަރ
  3. ޚަދީޖާ ޢަރީޝާ / ލީގަލް އޮފިސަރ
  4. އަޙްމަދު ރިވާޖް / އައިޓީ އޮފިސަރ
  1. އަޙްމަދު މުޞްޢިދު/ ޑިރެކްޓަރ، ކޯޕަރޭޓް އެފެއާޒް
  2. ނަޝްޢާ ޢާދިލް/ ޑިރެކްޓަރ، ޕްރޮގްރާމްސް، ރިސަރޗް އެންޑް އެޑްވޮކަސީ
  1. އަލްއުސްތާޛާ ޚަދީޖާ އަރީޝާ/ ލީގަލް އޮފިސަރ
  2. އަޙްމަދު މުޞްޢިދު/ ޑިރެކްޓަރ، ކޯޕަރޭޓް އެފެއާޒް
  3. ސަނާ ފާރޫޤް/ ރިސަރޗް އެންޑް މޮނިޓަރިންގ އޮފިސަރ


ޤާނޫނީ ލަފާ ފޯރުކޮށްދިނުން

ޤާނޫނު ނަންބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު)ގައި ބަޔާންކޮށްފައިވާ ގެވެށި އަނިޔާގެ މައްސަލަތަކުގައި މި އޮތޯރިޓީން ޤާނޫނީ ލަފާ ފޯރުކޮށްދެމެވެ. މީގެ އިތުރުން، އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ރައްކާތެރިކުރުމުގެ އަމުރު އަދި އަވަސް އަމުރަށް އެދުމަށް ބޭނުންވާ ޤާނޫނީ ލަފާ ވެސް މި އޮތޯރިޓީން ފޯރުކޮށްދެމެވެ. ޤާނޫނީ ލަފާ ބޭނުންފުޅު ނަމަ، އޮތޯރިޓީގެ ރަސްމީ ގަޑީގައި، އެއީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ހަވީރު 3:00 އާ ދޭތެރޭ، ހ.މައިޒާންދޮށުގެ 2 ވަނަ ފަނގިފިލާއަށް ވަޑައިގެންނެވުމުން ނުވަތަ މި އޮތޯރިޓީގެ ފޯނު ނަންބަރު 0551 301 އަށް ގުޅުއްވުމުން ބޭނުންވާ ލަފާ ފޯރުކޮށްދެވޭނެއެވެ.

ޖިންސީ ކުށުގެ ޝިކާރައަށްވާ މީހުންނަށް ބޭނުންވާ ނަފްސާނީ އެހީ ހޯދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން

ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 64 ވަނަ މާއްދާ ގައި އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ޝިކާރައަށްވީ މީހާއަށް، ނަފްސާނީގޮތުން ދިމާވެދާނެ އުނދަގުލެއް ލުއިކޮށްދިނުމަށާއި، ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ދިރިއުޅުމަށް ބޭނުންވާ ކައުންސެލިންގ މި އޮތޯރިޓީގެ ޚަރަދުގައި، މި އޮތޯރިޓީން އިންތިޒާމު ކުރާ އުސޫލެއްގެމަތިން، އޮތޯރިޓީން ކަނޑައަޅާ ތަނެއް ނުވަތަ ބަޔަކު މެދުވެރިވެގެން ހަމަޖައްސައިދޭންވާނެ ކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވާތީ، ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް ބޭނުންވާ ނަފްސާނީ އެހީ ހޯދުމަށް މާލީ އެހީތެރިކަން މި އޮތޯރިޓީން ފޯރުކޮށްދެމެވެ. މި މާލީ އެހީތެރިކަން ފޯރުކޮށްދެވޭނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކޮށްފައިވާ 'ޖިންސީ ކުށުގެ ޝިކާރައަށްވާ މީހުންގެ ތެރެއިން ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު)ގެ ދަށުން މާލީ އެހީޯތެރިކަން ދިނުމުގައި ބަލާނެ މިންގަނޑުގެ އުސޫލު' އާ އެއްގޮތަށެވެ. މި އެހީތެރިކަމަށް އެދޭނަމަ، އޮތޯރިޓީގެ ރަސްމީ ގަޑީގައި، އެއީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ހަވީރު 3:00 އާ ދޭތެރޭ، ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާއަށް ވަޑައިގެންނެވުމުން ނުވަތަ މި އޮތޯރިޓީގެ ފޯނު ނަންބަރު 0551 301 އަށް ގުޅުއްވައިގެން އެދެވޭނެއެވެ.

ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓުކުރުމާއި، މައްސަލައިގައި ކުރިއަށްދާނޭގޮތުގެ ލަފާދިނުން

ގެވެށި އަނިޔާގެ މައްސަލަތަކުގައި މަޢުލޫމާތު ސާފުކޮށްދިނުމާއި، މައްސަލަތަކުގައި ކުރިއަށްދާނެގޮތުގެ ލަފާ މި އޮތޯރިޓީން ފޯރުކޮށްދެމެވެ. މި ގޮތުން، މިފަދަ ލަފައަކަށް އެދޭނަމަ، އޮތޯރިޓީގެ ރަސްމީ ގަޑީގައި، އެއީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ހަވީރު 3:00 އާ ދޭތެރޭ، ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާއަށް ވަޑައިގެންނެވުމުން ނުވަތަ މި އޮތޯރިޓީގެ ފޯނު ނަންބަރު 0551 301 އަށް ގުޅުއްވައިގެން އެދެވޭނެއެވެ.

ގެވެށި އަނިޔާގެ މައްސަލަތަކުގައި ޝަކުވާ ހުށަހެޅުން

އެހެން މުއައްސަސާއަކަށް ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ޝަކުވާއެއް އުފެދޭ ހާލަތްތަކުގައި މި އޮތޯރިޓީއަށް ޝަކުވާ ހުށަހެޅިދާނެއެވެ. މި ގޮތުން، މިފަދަ ޝަކުވާގެ މައްސަލަތަކުގައި އެ މުއައްސަސާއަކުން މައްސަލައިގައި އަމަލުކޮށްފައިވާ ގޮތް މި އޮތޯރިޓީން ބެލުމަށްފަހު ޝަކުވާ ހުށަހެޅި ފަރާތަށް މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބާގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ. މިފަދަ ޝަކުވާއެއް ހުށަހެޅުމަށް އެދޭނަމަ، މި އޮތޯރިޓީގެ ރަސްމީ ގަޑީގައި، އެއީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ހަވީރު 3:00 އާ ދޭތެރޭ، ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާއަށް ވަޑައިގެންނެވުމުން ނުވަތަ މި އޮތޯރިޓީގެ ފޯނު ނަންބަރު 0551 301 އަށް ގުޅުއްވައިގެން ޝަކުވާ ހުށަހެޅިދާނެއެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް އަހުލުވެރިކުރުން

ޤާނޫނު ނަމްބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު)އާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުމަކީ މި އޮތޯރިޓީގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިގޮތުން، ޤާނޫނާ ގުޅޭ މަޢުލޫމާތު އޮޅުންފިލުވުމަށް އެދޭނަމަ، މި އޮތޯރިޓީގެ ރަސްމީ ގަޑީގައި، އެއީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ހަވީރު 3:00 އާ ދޭތެރޭ، ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާއަށް ވަޑައިގެންނެވުމުން ނުވަތަ މި އޮތޯރިޓީގެ ފޯނު ނަންބަރު 0551 301 އަށް ގުޅުއްވައިގެން، ނުވަތަ އީމެއިލް info@fpa.gov.mv މެދުވެރިކޮށް މަޢުލޫމާތު އޮޅުންފިލުވޭނެއެވެ.