ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަކީ ގެވެށި އަނިޔާގެ އަމަލު ހުއްޓުވުމަށް 23 އޭޕްރިލް 2012 ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހަންމަދު ވަހީދު ހަސަން މަނިކު ތަޞްދީޤު ކުރެއްވި ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލުގެ ދަށުން އުފެދިފައިވާ ތަނެކެވެ. ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވުނީ 9 އޭޕްރިލް 2012 ގައެވެ.
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑު މެމްބަރުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހަންމަދު ވަހީދު ހަސަން މަނިކު ޢައްޔަން ކުރެއްވީ 15 ސެޕްޓެމްބަރ 2012 ގައެވެ. އަދި ބޯޑުގެ ފުރަތަމަ ބައްދަލުވުން ބޭއްވުނު ފުރަތަމަ ދުވަސް ކަމުގައިވާ 20 ސެޕްޓެމްބަރ 2012 ގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޢައްޔަން ކުރެވުނެވެ.
ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 3/2012) ގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މަސްއޫލިއްޔަތުތަކަކީ ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމާއި، އެކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމާއި، ގެވެށި އަނިޔާގެ ޢަމަލުތަކުގެ ޝިކާރައަކަށްވާ މީހުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމާއި، ފުލުހުންނާއި ޞިއްޙީ ޚިދުމަތްދޭ ފަރާތްތައްފަދަ ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތައް ހަމަޖެއްސުމާއި، ގެވެށި އަނިޔާގެ ޢަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި ރާއްޖޭގައި އެކި ފަރާތްތަކުން ކުރާ މަސައްކަތްތައް ވިލަރެސްކޮށް ޤައުމީ ސިޔާސަތެއްގެ ދަށަށް އެ މަސައްކަތްތައް ގެނެސް ހިންގައިދިނުމާއި، އެންމެ ކުރީ ސަފުގައި، ޤައުމީ ފެންވަރުގައި މަސައްކަތްކުރުމެވެ.
މި އޮތޯރިޓީ ހިންގާނީ، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއްގެ ބެލުމުގެ ދަށުންނެވެ. އެ ބޯޑުގެ ލަފާގެމަތިން، އެ އޮތޯރިޓީގެ ކަންކަން ހިންގައި ބަލަހައްޓާނީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.
މި ޤާނޫނުގެ ދަށުން އޮތޯރިޓީން ކުރަންޖެހޭކަމެއް، އެ އޮތޯރިޓީން ނުވަތަ އޮތޯރިޓީގެ ބެލެހެއްޓުމުގެ ދަށުން ޞިއްޙީ މަރުކަޒުތައް ނުވަތަ އިޖްތިމާޢީ މަރުކަޒުތައް ނުވަތަ މަދަނީ ޖަމްޢިއްޔާތައް މެދުވެރިކޮށް ކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އެހެންނަމަވެސް، އެފަދަ ޙާލަތެއްގައި ޢަމަލުކުރާނެގޮތުގެ ތަފްޞީލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
މި ޤާނޫނުގެ ދަށުން އޮތޯރިޓީއާ ޙަވާލުވެގެންވާ މަސްޢޫލިއްޔަތުތައް އަދާކޮށް ތަންފީޛުކުރުމުގައި ވަކިވަކި ޚިދުމަތްތައް ޤާއިމުކުރުމުގެ ބާރު ލިބިގެންވެއެވެ.
ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަކީ، އެއްވެސް ތަފާތުކުރުމެއްނެތި، ގެވެށި އަނިޔާގެ އަމަލުން ރައްކާތެރިވެފައިވާ، ދުޅަހެޔޮ ދިރިއުޅުމެއް އުޅޭ ބަޔަކަށްވުން.
ދިވެހިރާއްޖޭގައި ގެވެށި އަނިޔާގެ އަމަލު ހުއްޓުވުމަށް ކަނޑައަޅަންޖެހޭ ސިޔާސަތުތަކާއި ޕްރޮގްރާމްތައް ކަނޑައެޅުމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ލިބިދޭންޖެހޭ ޚިދުމަތްތައް ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ދެމުންގެންދާތޯ ކަށަވަރުކުރުމާއި، ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުން އިޞްލާޙުވުމަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން. މީގެ އިތުރުން، ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށް އާންމުން ހޭލުންތެރިކުރުމާއި، ގެވެށި އަނިޔާގެ އަމަލެއް ހިނގާ ހިނދު އެކަމަށް އިޖާބަދޭންޖެހޭ ދާއިރާތަކުގެ ޤާބިލުކަން އިތުރުކުރުމަށް ތަމްރީނުތައް ހިންގުމާއި، ގެވެށި އަނިޔާއާ ގުޅުންހުރި ތަފާސްހިސާބު އެއްކޮށް ދިރާސާތައް ކުރުން. އަދި، ގެވެށި އަނިޔާގެ އަމަލު ހުއްޓުވުމަށް ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ކަމާގުޅޭ އެންމެހައި ދާއިރާތަކާ ގުޅިގެން މަސައްކަތްކުރުމާއި، އެ ދާއިރާތަކުގެ މަސައްކަތްތައް ވިލަރެސްކުރުން.
ޤާނޫނު ނަންބަރު 3/2012 "ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގައިވާ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މަސްއޫލިއްޔަތު ތިރީގައި އެވަނީއެވެ.
ކަމާގުޅުންހުރި އެންމެހާ މުއައްސަސާތައް ބައިވެރިކޮށްގެން ގެވެށި އަނިޔާ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކަނޑައަޅަންޖެހޭ ޤައުމީ ސިޔާސަތުތައް އެކުލަވާލައި، އޮތޯރިޓީން ތައްޔާރުކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކުގެ މަސައްކަތްކުރުން. ބޯޑުގެ އެންމެހާ ކަންތައްތައް ބެލެހެއްޓުމާއެކު، ހަޔަރ-ލެވްލް އެޑްވޮކަސީގެ މަސައްކަތްތައް އަދި އިންޓަރނޭޝަނަލް ރިލޭޝަންއާ ގުޅުންހުރި މަސައްކަތްތައް ކުރުން.
އޮތޯރިޓީގެ އިދާރީ އެންމެހާ ކަންކަމާއި، މުވައްޒަފުންނާ ބެހޭ އެންމެހާ ކަންކަމާއި، ފައިސާއާ ބެހޭ އެންމެހާ ކަންކަން އަދި އައި.ޓީއާ ގުޅުންހުރި އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުން.
ކަމާގުޅުންހުރި އެންމެހާ މުއައްސަސާތައް ބައިވެރިކޮށްގެން ގެވެށި އަނިޔާ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކަނޑައަޅަންޖެހޭ ޕްރޮގްރާމްތައް ކަނޑައަޅައި ތަންފީޒުކޮށް، ތައްޔާރުކުރަންޖެހޭ ދިރާސާތާކޮށް، ތަމްރީނު އަދި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާއްވައި ހިންގުން.
ގެވެށި އަނިޔާގެ މައްސަލަތަކުގައި އަދި ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން އޮތޯރިޓީން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން، އަދި ގެވެށި އަނިޔާގެ މައްސަލަތަކުގައި އިޖާބަދޭން ޖެހޭ ދާއިރާތަކުގެ އަދި ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭން މަރުކަޒުތަކުން ދޭ ޚިދުމަތުގެ ފެންވަރު މޮނިޓަރކޮށް، ތަޢާރަފުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ހަދައި، ތަންފީޒުކުރުން. ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުން އިޞްލާޙުވުމަށާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫޢަވުމަށް އެހީތެރިވެދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
17 ނޮވެމްބަރ 2018- 05 ފެބްރުއަރީ 2019
މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ
22 ޖޫން 2016 – 17 ނޮވެމްބަރު 2018
އެޓަރނީ ޖެނެރަލް، މިނިސްޓަރ އޮފް ލޯ އެންޑް ޖެންޑަރ
1 ޖުލައި 2014 – 22 ޖޫން 2016
މިނިސްޓަރ އޮފް ހެލްތް އެންޑް ޖެންޑަރ
21 ނޮވެމްބަރ 2013 – 01 ޖުލައި 2014
މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް
09 ޖުލައި 2013 – 17 ނޮވެމްބަރ 2013
މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް
10 އޭޕްރިލް 2013 – 01 ޖުލައި 2013
މިނސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް
07 މެއި 2012 – 19 ނޮވެމްބަރ 2012
ބޯޑުގެ ރައީސް
ބޯޑުގެ ނައިބް ރައީސް
ބޯޑު މެންބަރ
ބޯޑު މެންބަރ
ބޯޑު މެންބަރ
ބޯޑު މެންބަރ
ބޯޑު މެންބަރ
ބޯޑު މެންބަރ
19 އޮގަސްޓް 2019- 10 ޖޫން 2021
ބޯޑު މެންބަރ
1 ސެޕްޓެމްބަރ 2020 – 12 އޮކްޓޯބަރ 2021
ބޯޑު މެންބަރ
19 އޮގަސްޓް 2019 – 25 ނޮވެމްބަރ 2020
ބޯޑުގެ ރައީސް
19 އޮގަސްޓް 2019- 30 ނޮވެމްބަރ 2019
ބޯޑުގެ ރައީސް
6 ފެބްރުއަރީ 2019 – 19 އޮގަސްޓް 2019
ބޯޑުގެ ނާއިބުރައީސް
28 މާރިޗު 2018- 5 ފެބްރުއަރީ 2019
ބޯޑު މެންބަރ
19 ޑިސެމްބަރ 2013- 27 މާރިޗު 2018
ބޯޑު މެންބަރ
15 ސެޕްޓެމްބަރ 2012- 19 އޮގަސްޓް 2019
ބޯޑު މެންބަރ
19 ޑިސެމްބަރ 2013- 19 އޮގަސްޓް 2019
ބޯޑު މެންބަރ
13 ޖޫން 2018- 19 އޮގަސްޓް 2019
ބޯޑު މެންބަރ
13 ޖޫން 2018- 19 އޮގަސްޓް 2019
ބޯޑުގެ ރައީސް
28 މާރިޗު 2018- 10 ޖަނަވަރީ 2019
ބޯޑު މެންބަރު
15 ސެޕްޓެމްބަރ 2012 – 27 މާރޗް 2018
ބޯޑުގެ ރައީސް
15 ސެޕްޓެމްބަރ 2012- 06 ފެބްރުއަރީ 2018
ބޯޑުގެ ނައިބް ރައީސް
29 ޖަނަވަރީ 2014- 26 މާރިޗު 2018
ބޯޑު މެންބަރު
15 ސެޕްޓެމްބަރ 2012 – 28 ޖަނަވަރީ 2014
ބޯޑު މެންބަރު
15 ސެޕްޓެމްބަރ 2012- 03 ފެބްރުއަރީ 2016
ބޯޑުގެ ނައިބް ރައީސް
15 ސެޕްޓެމްބަރ 2012- 19 ޑިސެމްބަރ 2013
ބޯޑު މެންބަރު
15 ސެޕްޓެމްބަރ 2012- 19 ޑިސެމްބަރ 2013
ޤާނޫނު ނަންބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު)ގައި ބަޔާންކޮށްފައިވާ ގެވެށި އަނިޔާގެ މައްސަލަތަކުގައި މި އޮތޯރިޓީން ޤާނޫނީ ލަފާ ފޯރުކޮށްދެމެވެ. މީގެ އިތުރުން، އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ރައްކާތެރިކުރުމުގެ އަމުރު އަދި އަވަސް އަމުރަށް އެދުމަށް ބޭނުންވާ ޤާނޫނީ ލަފާ ވެސް މި އޮތޯރިޓީން ފޯރުކޮށްދެމެވެ. ޤާނޫނީ ލަފާ ބޭނުންފުޅު ނަމަ، އޮތޯރިޓީގެ ރަސްމީ ގަޑީގައި، އެއީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ހަވީރު 3:00 އާ ދޭތެރޭ، ހ.މައިޒާންދޮށުގެ 2 ވަނަ ފަނގިފިލާއަށް ވަޑައިގެންނެވުމުން ނުވަތަ މި އޮތޯރިޓީގެ ފޯނު ނަންބަރު 0551 301 އަށް ގުޅުއްވުމުން ބޭނުންވާ ލަފާ ފޯރުކޮށްދެވޭނެއެވެ.
ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 64 ވަނަ މާއްދާ ގައި އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ޝިކާރައަށްވީ މީހާއަށް، ނަފްސާނީގޮތުން ދިމާވެދާނެ އުނދަގުލެއް ލުއިކޮށްދިނުމަށާއި، ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ދިރިއުޅުމަށް ބޭނުންވާ ކައުންސެލިންގ މި އޮތޯރިޓީގެ ޚަރަދުގައި، މި އޮތޯރިޓީން އިންތިޒާމު ކުރާ އުސޫލެއްގެމަތިން، އޮތޯރިޓީން ކަނޑައަޅާ ތަނެއް ނުވަތަ ބަޔަކު މެދުވެރިވެގެން ހަމަޖައްސައިދޭންވާނެ ކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވާތީ، ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް ބޭނުންވާ ނަފްސާނީ އެހީ ހޯދުމަށް މާލީ އެހީތެރިކަން މި އޮތޯރިޓީން ފޯރުކޮށްދެމެވެ. މި މާލީ އެހީތެރިކަން ފޯރުކޮށްދެވޭނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކޮށްފައިވާ 'ޖިންސީ ކުށުގެ ޝިކާރައަށްވާ މީހުންގެ ތެރެއިން ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު)ގެ ދަށުން މާލީ އެހީޯތެރިކަން ދިނުމުގައި ބަލާނެ މިންގަނޑުގެ އުސޫލު' އާ އެއްގޮތަށެވެ. މި އެހީތެރިކަމަށް އެދޭނަމަ، އޮތޯރިޓީގެ ރަސްމީ ގަޑީގައި، އެއީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ހަވީރު 3:00 އާ ދޭތެރޭ، ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާއަށް ވަޑައިގެންނެވުމުން ނުވަތަ މި އޮތޯރިޓީގެ ފޯނު ނަންބަރު 0551 301 އަށް ގުޅުއްވައިގެން އެދެވޭނެއެވެ.
ގެވެށި އަނިޔާގެ މައްސަލަތަކުގައި މަޢުލޫމާތު ސާފުކޮށްދިނުމާއި، މައްސަލަތަކުގައި ކުރިއަށްދާނެގޮތުގެ ލަފާ މި އޮތޯރިޓީން ފޯރުކޮށްދެމެވެ. މި ގޮތުން، މިފަދަ ލަފައަކަށް އެދޭނަމަ، އޮތޯރިޓީގެ ރަސްމީ ގަޑީގައި، އެއީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ހަވީރު 3:00 އާ ދޭތެރޭ، ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާއަށް ވަޑައިގެންނެވުމުން ނުވަތަ މި އޮތޯރިޓީގެ ފޯނު ނަންބަރު 0551 301 އަށް ގުޅުއްވައިގެން އެދެވޭނެއެވެ.
އެހެން މުއައްސަސާއަކަށް ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ޝަކުވާއެއް އުފެދޭ ހާލަތްތަކުގައި މި އޮތޯރިޓީއަށް ޝަކުވާ ހުށަހެޅިދާނެއެވެ. މި ގޮތުން، މިފަދަ ޝަކުވާގެ މައްސަލަތަކުގައި އެ މުއައްސަސާއަކުން މައްސަލައިގައި އަމަލުކޮށްފައިވާ ގޮތް މި އޮތޯރިޓީން ބެލުމަށްފަހު ޝަކުވާ ހުށަހެޅި ފަރާތަށް މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބާގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ. މިފަދަ ޝަކުވާއެއް ހުށަހެޅުމަށް އެދޭނަމަ، މި އޮތޯރިޓީގެ ރަސްމީ ގަޑީގައި، އެއީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ހަވީރު 3:00 އާ ދޭތެރޭ، ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާއަށް ވަޑައިގެންނެވުމުން ނުވަތަ މި އޮތޯރިޓީގެ ފޯނު ނަންބަރު 0551 301 އަށް ގުޅުއްވައިގެން ޝަކުވާ ހުށަހެޅިދާނެއެވެ.
ޤާނޫނު ނަމްބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު)އާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުމަކީ މި އޮތޯރިޓީގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިގޮތުން، ޤާނޫނާ ގުޅޭ މަޢުލޫމާތު އޮޅުންފިލުވުމަށް އެދޭނަމަ، މި އޮތޯރިޓީގެ ރަސްމީ ގަޑީގައި، އެއީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ހަވީރު 3:00 އާ ދޭތެރޭ، ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާއަށް ވަޑައިގެންނެވުމުން ނުވަތަ މި އޮތޯރިޓީގެ ފޯނު ނަންބަރު 0551 301 އަށް ގުޅުއްވައިގެން، ނުވަތަ އީމެއިލް info@fpa.gov.mv މެދުވެރިކޮށް މަޢުލޫމާތު އޮޅުންފިލުވޭނެއެވެ.